About Seller

Island Beverages Maldives Pvt. Ltd.

AddressFEN Building, 1st Floor, Ameenee Magu, Male', Republic of Maldives, 3329314
Contact3329314/9191997
Email[email protected]
Websitehttp://taza.com.mv
See All Items of Seller

Vice captain, Crewman

SalaryNot Stated
Contact3329314
LocationK. Male'
Posted on17th April 2017
Expires on27th April 2017, 04:30
Listing ID4521

މާލެ، ދިވެހިރާއްޖެ

އަމީނީމަގު

IBM-HRD/ADV/2017/006

ވަޒީފާގެ ފުރުސަތް

ވައިސްކެޕްޓަން ކަމް އިންޖިނިއަރ، ލޭންޑިންގ ކްރާފްޓް

މަޤަމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިންކުރަންޖެހޭ ދަތުރުތައް ކުރުމާއި އެކިއެކި ރަށްރަށަށް ބޭނުންވާ ފެން ގެންގޮސްދިނުމުގައި ކެޕްޓަނަށް އެހީތެރިވުން

- އުޅަނދު އިންޖީނާއި އިންޖީން ރޫމްގެ އެންމެހައި ކަންތައްތައް ބަލަހައްޓައި މެނޭޖްކުރުން

- އުޅަނދު އިންޖީނަށް ދިމާވާ މައްސަލަތަށް ހައްލު ކުރުމާއި މެއިންޓެނެންސްގެ މަސައްކަތް ކުރުން

- އިންޖީނާއި އިންޖީން ރޫމަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތަށް ބެލެހެއްޓުން

- އުޅަނދުގައި މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންގެ މަސައްކަތްތައް ބަލައި ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން

ޝަރުތު:

- މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮސްފައި ވުމާއިއެކު ގުޅުންހުރި މަސައްކަތުގެ ދާއިރާއިން 2-3 އަހަރުދުވަހުގެ ތަޖުރިބާލިބިފައިވުން ނުވަތަ

- މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮއްފައި ވުމާއިއެކު ގުޅުންހުރި މަސައްކަތުގެ ދާއިރާއިން 3-5 އަހަރުދުވަހުގެ ތަޖުރިބާލިބިފައިވުން

- ދިވެހިރާއްޖޭގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ (ލައިސެންސް ސީއާއި ޑީ) ލިބިފައިވުން

މުސާރަ އާއި އިނާޔަތްތައް:

މަހަކު 13000.00-15000.00 ރުފިޔާ

ކްރޫމަން

މަގާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- ކުންފުނިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި އެކިއެކި ރަށްރަށަށް ބޭނުންވާ ފެން ގެންގޮސްދިނުން

- އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި، ގެއްލުންތައް ރިޕޯޓްކުރުމާއި، މަރާމާތަށް ބޭނުނުންވާ ހުއްދަ ހޯދުމާއި މަސައްކަތް ހިނގާގޮތް ބެލުން

- ދަތުރުމަތީގައި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން

ޝަރުތު:

- ސާނަވީ ތަޢުލީމްގެ ފެންވަރު ނުވަތަ ދަށްވެގެން ގްރޭޑް 7 ފުރިހަމަކޮއްފައިވުން

- މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި 2-3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން

- ދިވެހިރާއްގޭގެ ކަނޑުގެ ސަރަހައްދަށް އަދި ކަނޑުދަތުރުފަތުރުގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން

މުސާރަ:

މަހަކު 9500.00-11000.00 ރުފިޔާ

އިތުރު އިނާޔަތްތަށް

- ކުންފުނީގެ ގަވާއިދުތަކާއި އެއްގޮތުގެމަތިން އަހަރީ މުސާރައިގެ ކުރިއެރުން އަދި އަހަރީ ބޯނަސް

- ހެލްތް އިންޝުއަރަންސް އަދި އިތުރު ތަމްރީން

ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާ އަށް އެދޭ ފޯމް، އެފަރާތުގެ ވަނަވަރު، ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަނެވޭނެ ކަމުގެ ލިޔުން، ސުންގަޑީގެ ކުރިން ފޮނުވަންވާނެއެވެ. ވަޒީފާއަށް އެދޭ ފޯމް ފެންބިލްޑިންގ، އަމީނީމަގު، 1 ވަނަ ފަންގިފިލާއިން ލިބެންހުންނާނެއެވެ.

....................................ސުން ގަޑި:27 އޭޕްރިލް 2017 16:00 ގެ ކުރިން...................................

އިތުރު މަޢުލޫމާތު ހޯދުމަށް އައި.ބީ.އެމް އެޗް.އާރް ޑިޕާޓްމަންޓް އަށް ގުޅުއްވާލައްވާ !

ފޯން : 3329314 ފެކްސް : 3340645

[email protected] މެއިލް :